Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

އައްޑޫ އަންހެނުންގެ ކޮމިޓީގެ އޮފީސް ސޯލާކުރަނީ

އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އޮފީހުގައި ސޯލާ ހަރުކުރާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ އޮފީހުގައި ސޯލާ ޕަވަ ސިސްޓަމް ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ޑިޒައިންކޮށް، ސަޕްލައިކޮށް، އިންސްޓޯލްކޮށް އަދި ކަމިޝަންކުރުމުގެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 12 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ބީލަމުގައި ބައިވެރިވާން މިއަދުން ފެށިގެން މި މަހުގެ 26 އާ ހަމައަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރީ ވާނީ ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި ފޯން ނަންބަރު އަދި މެއިލް އެޑްރެސް މި މެއިލަށް tender@adducity.gov.mv ފޮނުވައިގެންނެވެ.

މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގައ އޮންނާނެ އެވެ.