Last Updated: May 8, 23:17
Thursday, May 8, 2025
ޚަބަރު

ސެޕްޓެމްބަރު މަހު 131 ކައިވެނި، 97 ވަރި

ފެމިލީ ކޯޓު-

ނިމުނު ސެޕްޓެމްބަރު މަހު ފެމިލީ ކޯޓުން 131 ކައިވެނި ކޮށްދީ، 97 ވަރި ކޮށްދީފައިވާކަމަށް އެ ކޯޓުން ބުނެފިއެވެ.

އެ ކޯޓުން ބުނެފައިވަނީ އެ ކޯޓަށް މިދިޔަ މަހު ގެވެށި އަނިޔާއާ ގުޅުންހުރި 7 މައްސަލައެއް ހުށަހަޅާފައިވާކަމަށެވެ. އަދި ރައްކާތެރިކުރުމުގެ އަމުރުގެ 7 އަމުރެއް ނެރެފައިވާ ކަމަށްވެސް ބުނެފައިވެއެވެ. ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެެއިން މިދިޔަ މަހު ނުނިމި ހުރި މައްސަލަތަކުގެ ތެރެެއިން މިމަހަށް އައިސްފައިވަނީ 8 މައްސަލައެވެ. ފެމިލީ ކޯޓުން ބުނެފައިވަނީ ގެވެށި އަނިޔާއާ ގުޅޭ މައްސަލަތަކުގެ ތެރެއިން ކޯޓަށް އަންހެނުން ހުށަހަޅާފައިވަނީ 71 އިންސައްތަ މައްސަލަ ކަމަށެވެ.

ޚަރަދު ނުދިނުމުގެ މައްސަލަތަކުގެ ގޮތުގައި މިދިޔަ މަހު ފެމިލީ ކޯޓަށް 9 މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި ޚަރަދާ ގުޅުންހުރި 3 މައްސަލައެއް ނިންމާފައިވާއިރު ނުނިމި 23 މައްސަލައެއް ވެއެވެ.

މިދިޔަ މަހު ފެމިލީ ކޯޓަށް ވަރިއާ ގުޅުންހުރި 119 މައްސަލަ ހުށަހެޅިއިރު، 123 މައްސަލައެއް ނިންމާފައިވެއެވެ. އޭގެތެރެއިން ވަރި ކުރުމަށް ނިންމާފައިވަނީ 97 މައްސަލައެވެ.

މީގެއިތުރުން އާއިލީ އެހެނިހެން 12 މައްސަލައެއް މިދިޔަ މަހު ފެމިލީ ކޯޓަށް ހުށަހަޅާފައިވާއިރު 11 މައްސަލައެއް ނިންމާފައިވެއެވެ.