Last Updated: June 14, 23:25
Sunday, June 14, 2026
ޚަބަރު

އާބަންކޯގެ ކޯލް ސެންޓަރު 24 ގަޑިއިރަށް

އާބަންކޯގެ ކޯލް ސެންޓަރުގެ ހިދުމަތް މިއަދުން ފެށިގެން 24 ގަޑިއިރު ދޭން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ ކޯލް ސެންޓަރުން 24 ގަޑިއިރުގެ ޚިދުމަތް ލިބިގެން ދިއުމަކީ ކަސްޓަމަރުންނަށް ލުއި ފަސޭހަވެ، ހިދުމަތަށް އިތުރު ކުރިއެރުމަށް ވެސް މަގުފަހި ވާނެ ބަދަލެއް ކަމަށެވެ.

ބޮޑު އާބާދީއެއް މިހާރު ދިރިއުޅެމުން އަންނަ އަދި ރާއްޖޭގައި މިހާރު އެންމެ ބާރަށް ތަރައްގީވަމުން އަންނަ ހުޅުމާލޭގެ ކަންކަންމެނޭޖްކުރުމުގެ ޒިންމާ އުފުލާ އާބަންކޯގެ ހޮޓްލައިން ނަމްބަރަކީ 1516 އެވެ.