މިދިޔަ މަހު ރިލީޒްކުރި ބަތަލާ ކަންގަނާ ރަނާވަތުގެ ހޮރޯ-ކޮމެޑީ "ޗަންދުރަމުކީ 2" އަންނަ ބުރާސްފަތި ދުވަހު ނެޓްފްލިކްސް އިން ޕްރީމިއާކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި ތަމަޅަ ފިލްމަކީ މަޝްހޫރު ތަރި ރަޖްނީޖާންތުގެ 2005 ގެ "ޗަންދުރަމުކީ" ގެ ސީކްއެލް އެވެ. ދެ ފިލްމު ވެސް ޑައިރެކްޓްކުރީ ޕީ ވަސޫ ކަމަށް ވެސް ދެ ފިލްމުގެ ކާސްޓް މުޅިން ތަފާތެވެ. އެގޮތުން "ޗަންދުރަމުކީ 2" ގެ މުހިއްމު ރޯލުތައް ކުޅުނީ ކަންގަނާ އާއި ރަގަވާ ލޯރެންސެވެ. މިދިޔަ މަހުގެ 28 ގައި ރިލީޒްކުރި މި ފިލްމަކީ 65 ކްރޯޑް ރުޕީސް 8 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދައި ބޮކްސް އޮފީހުގައި ހަމަ އެ ވަރުގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.
"ޗަންދުރަމުކީ 2" ބުރާސްފަތި ދުވަހު ނެޓްފްލިކްސް އަށް ދޫކޮށްލާ އިރު، ހުކުރު ދުވަހު ކަންގަނާގެ ވަތަނީ ފިލްމު "ތޭޖާސް" ސިނަމާތަކަށް އަންނާނެ އެވެ. މީގައި އޭނަ ކުޅެފައީ އިންޑިއާގެ އަސްކަރިއްޔާގެ ޕައިލެޓެއްގެ ރޯލެވެ.