Last Updated: July 24, 06:25
Friday, July 24, 2026
މުނިފޫހިފިލުވުން

ތާރާގެ "އަޕޫރްވާ" ސިނަމާތަކަށް ނޫން

ބޮލީވުޑްގެ ޒުވާން ބަތަލާ ތާރާ ސުތާރިއާ ވަރަށް ތަފާތު ރޯލަކުން ފެންނާނެ ފިލްމު "އަޕޫރްވާ" އަންނަ މަހު ބެލުންތެރިންނަށް ގެނެސްދޭން ނިންމައި، އޭގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

ސްޓާ ސްޓޫޑިއޯސްއާ ގުޅިގެން ޕްރޮޑިއުސަރު މުރާދު ކެތާނީ ޕްރޮޑިއުސްކޮށްފައިވާ ފިލްމުގެ ޕޯސްޓަރުތަކެއް ދައްކައިލީ ރޭ ނިއު ދިއްލީގައި ބޭއްވު ކުލަގަދަ، ބޮޑު ހަފުލާއެއްގަ އެވެ.

މީގެ ކުރިން ކުޅުނު ހުރިހާ ފިލްމުތަކެއްގައި ވެސް ވަރަށް ގްލެމަސް ރޯލުތައް ކުޅުނު ތާރާ، ޓައިޓްލް ރޯލު ކުޅުނު "އަޕޫރްވާ" ގައި އޭނަ ފެންނާނީ ވަރަށް ޑިގްލެމަސްރަސް ރޯލަކުންނެވެ. އަދި މީގެ ޕްލޮޓަކީ ރަސްޓިކް ވާހަކައެއް ކިޔައިދޭނެ އެއްޗެކެވެ. ނިކިލް ނާގޭޝް ބަޓް ޑައިރެކްޓްކުރި ފިލްމުގެ ކާސްޓްގައި ދައިރިއާ ކަރްވާ، ރާޖްޕަލް ޔާދަވް އަދި އަބީޝެކް ބެނަޖީ ވެސް ހިމެނެ އެވެ.

"އަޕޫރް" އަންނަ މަހުގެ 15 ގައި ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި ބެލުންތެރިންނަށް ދޫކޮށްލާނީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިންނެވެ. ފިލްމުގެ ޕޯސްޓަރު ދައްކައިލުމާ އެކީ ގިނަ ބަޔަކު މިހާރު އަންނަނީ ޓްރެއިލާ އަށް އިންތިޒާކުރަމުންނެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 2019 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ނުކުތް ތާރާ، 27، އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ "އޭކް ވިލަން ރިޓާންސް" އިންނެވެ.

އަޕޫރްވާ އަކީ އުންމީދީ ބަތަލާގެ 6 ވަނަ ފިލްމެވެ.