އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ޓައިގާ 3" ގެ ފުރަތަމަ ލަވަ "ލޭކޭ ޕްރަބޫ ކާ ނާމް" މިއަދު ދައްކާލައިފި އެވެ.
ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ ނެށުންތަކެއް ފެނިގެންދާ ދާ މި ލަވަ އަކީ ޕްރިތަމްގެ މިއުޒިކަށ އަރިޖިތު ސިންގް އާއި ނިކިތާ ގާންދީ ކިޔާފައިވާ ލަވައެކެވެ. ތުރުކީގައި މަންޒަރުތައް ނަގާފައިވާ މި ލަވައިގެ ކޮރިއޯ ހަދާފައި ވަނީ މި އަހަރު އެންމެ ހިޓްވި ލަވައެއް ކަމަށްވާ ޝާހްރުކް ޚާނާއި ދީޕިކާ ޕަދްކޯންގެ ފިލްމު "ޕަތާން" ގެ ލަވަ "ބޭޝަރަމް ރަންގު" ގެ ނެށުންތައް ވެސް ތައްޔާރުކޮށްދިން ވައިބާވީ މާޗަންޓެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން އަންނަ މަހުގެ 12 ގައި ސިނަމާތަކަށް ދޫކޮށްލާ "ޓައިގާ 3" އަކީ މަނީޝް ޝަރުމާ ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.
މި ފިލްމަކީ ސަލްމާނާއި ކެޓްރީނާގެ 2017 ގެ "ޓައިގާ ޒިންދާ ހޭ" އާއި 2012 ގެ "އޭކް ތަ ޓައިގާ" އަށް އިތުރުވާ ތިން ބަނަ ބޮޅެވެ. ޓައިގާ ފްރެންޗައިޒަކީ ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ ފުރަތަމަ ފިލްމުގެ އިތުރުން އެއަށް ނިސްބަތްވާ ފަސް ވަނަ ފިލްމެވެ.
އަނެއް ދެ ފިލްމަކީ ޝާހްރުކްގެ "ޕަތާން" އާއި ރިތިކް ރޯޝަންގެ 2019 ގެ "ވޯ" އެވެ.