Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

ޕްލާސްޓިކް ކޮތަޅުގެ އާމްދަނީން 8.3 މިލިއަން

ޕްލާސްޓިކް ކޮތަޅުން ނަގާ އަގުބޮކުރުމާ ގުޅިގެން ދައުލަތަށް މިހާތަނަށް 8.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާ) އިން ބުނެފި އެވެ.

އެއްފަހަރު ބޭނުންކޮށްފައިވާ އުކައިލާ ޕްލާސްޓިކް މަދުކުރަން ސަރުކާރުން އަޅަން ފެށި ފިޔަވަޅުތަކުގެ ދަށުން ޕްލާސްޓިކް ކޮތަޅުން 2ރ. ގެ ފީއެއް ނަގަން ފެށީ މިދިޔަ އޭޕްރީލް މަހުގެ 18 އިން ފެށިގެންނެވެ.

މީރާ އިން އެންމެ ފަހުން އާންމުކުރި އާމްދަނީގެ ރިޕޯޓުގައިވާ ދައްކާ ގޮތުން ގޮތުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި އެންމެ ދަށްކޮށް އާމްދަނީ ލިބުނީ މިދިޔަ މަހުއެވެ. އެގޮތުން މިދިޔަ މަހު ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ލިބުނީ 400،000ރ.

ޕްލާސްޓިކް ކޮތަޅުން އެންމެ ބޮޑު އާމްދަނީއެއް އޮގަސްޓް މަހު އެވެ. އެއީ 1.71 މިލިއަން ރުފިޔާއެވެ.

ޕްލާސްޓިކް ކޮތަޅުން ލިބުނު އާމްދަނީ:

* މެއި: 1.17 މިލިއަން ރުފިޔާ
* ޖޫން: 778،698ރ.
* ޖުލައި: 4.18 މިލިއަން ރުފިޔާ
* އޮގަސްޓް: 1.71 މިލިއަން ރުފިޔާ
* ސެޕްޓެމްބަރު: 484،246ރ.

ޖުމްލަ: 8.3 މިލިއަން ރުފިޔާ

ޕްލާސްޓިކް ކޮތަޅުން 2ރ. ރުފިޔާ ނަގަން ޖެހޭ ގޮތަށް ޤާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރީ 18 ޑިސެމްބަރު، 18، 2022 ގަ އެވެ. ޕްލާސްޓިކް ކޮތަޅުން ނަގާ އަގުބޮޑުކޮށްފައިކޮށް ވަނީ މި މަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގައި ބިލުގައި ކޮތަޅުން ނަގާ އަގު 50 ލާރި އަށް ކުޑަކުރުމަށް ހުށަހަޅާފައިވެ އެވެ.