Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

ސިފައިންގެ ވަޒީފާ އަށް ފުރުސަތު ހުޅުވާލައިފި

ގައުމީ ދިފާއީ ބާރު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ވަޒީފާ އަށް ވަނުމުގެ ފުރުސަތު ޑިފެންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ސިފައިންގެ ވަޒީފާ އަށް ވަނުމަށް ހުޅުވާލާފައިވާ ދާއިރާތަކަކީ މެރިންކޯ، ސެޕެޝަލް ފޯސަސާއި ފަޔާ އެންޑް ރެސްކިޔު ސާވިސްއާއި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އާއި މިލިޓަރީ ޕޮލިހާއި މެޑިކަލް ސާވިސްއާއި ކޯ އޮފް އިންޖިނިއާސްއި ސާވިސް ކޯ، އަދި ކޯސްޓްގާޑްގެ ދާއިރާ އެވެ.

ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަން ހޭ ޝަރުޠުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި ގްރޭޑް 10 ނިންމާފައިވުމާއި ދިވެހި/އިސްލާމް މާއްދާ އާ އެކު ޖީސީއީއޯ ލެވެލް އިމްތިހާނުން ދަށްވެގެން ހަތަރު މާއްދާއިން ފާސްވެފައިވުން ނުވަތަ މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކުގެ ލެވެލް ހަތަރެއް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއި، އުމުރުން 18 އަހަރު ފުރި 28 އަހަރު ނުފުރޭ މީހަކު ކަމުގައި ވާން ޖެހެ އެވެ.

މީގެ އިތުރުން ސިފައިންގެ ވަޒީފާ އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހަކަށްވުމާއި ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކަށް ނުވުމާއި، ފިރިހެނަކު ނަމަ އިސްކޮޅު 5.5 އިންޗި ހުރުމާއި އަންހެނަކު ނަމަ 5.3 އިންޗި ހުރުމާއި ސަރުކާރުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތްތަކުން ވީއްލުމުގެ ޕްރޮގްރާމުގެ ދަށުން ވަޒީފާ އިން ވަކިވެފައިވާ މީހެއް ކަމުގައި ނުވުމާއި އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ނުވުން ހިމެނެ އެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 31 އެވެ.