މިހާތަނަށް އަދި އެކީގައި ފިލްމެއް ކުޅެފައި ނުވާ ބޮލީވުޑްގެ ޒުވާން ތަރިން ކަމަށްވާ ޖާންވީ ކަޕޫރާއި ސިދާތު މަލްއުތުރާ އެކީގައި ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް ތުޝާރު ޖަލޯޓާ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ތުރިލާއެއް ކަމަށެވެ.
ތުޝާރަކީ މިދިޔަ އަހަރު ގެނެސްދިން އަބީޝެކް ބައްޗަންގެ ކާމިޔާބު ސޯޝަލް ކޮމެޑީ "ދާސްވީ" ގެ ޑައިރެކްޓަރެވެ. މީގެ ކާމިޔާބީއާ ގުޅިގެން ފިލްމުގެ ދެވަނަ ބައެއް ހަދަން ވެސް އޮތީ ނިންމައިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ތުރިލާއެއް ހަދަން ތުޝާރު ޕްލޭންކުރާތާ ދުވަސްތަކެއްވެފައިވާ އިރު، ޖާންވީ އާއި ސިދާތަށް ވަކިވަކިން ސްކްރިޕްޓް ނެރޭޓްކޮށް ދިނުމަށް ފަހު، އެ ދެ މީހުންނަށް އެކީގައި ވަރަށް އަވަހަށް ސްކްރިޕްޓް ނެރޭޝަން ސެޝަނެއް ބާއްވާނެ އެވެ. ޕްލޭންކޮށްފައި އޮތް ގޮތުން މި ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރު ދެބައިވުމުގެ ކުރިން ފަށާނެ އެވެ.
ކުރީގެ ބަތަލާ ސްރީދޭވީގެ ދަރިފުޅު ޖާންވީ އާއި މިހާރުގެ މަޝްހޫރު ބަތަލާ ކިއާރާ އަދުވާނީގެ ފިރިމީހާ ސިދާތު އެކީގައި ފިލްމެއްގެ މަސައްކަތްކުރަން އުޅޭ ވާހަކަ ދެކެވެން ފެށުމާ އެކީ ދެ ތަރިންގެ ފޭނުން ވަނީ އެ މީހުންގެ ކެމިސްޓްރީ އަށް ދެކިލަން އިންތިޒާރު ކުރަން ފަށައިފަ އެވެ.