Last Updated: June 14, 23:25
Sunday, June 14, 2026
ޚަބަރު

ފުވައްމުލަކު ހޮސްޕިޓަލަށް ދިވެހި ޑޮކްޓަރުން ހޯދަނީ

ފުވައްމުލަކު ހޮސްޕިޓަލްގައި މިހާރު މަސައްކަތްކުރާ ބިދޭސީ ޑޮކްޓަރުންތަކެއްގެ ބަދަލުގައި އެތަނުގައި މަސައްކަތް ކުރާނެ 11 ދިވެހި ސްޕެޝެލިސްޓް ޑޮކްޓަރުން ހޯދަން އިއުލާންކޮށްފި އެވެ.

މި ޑޮކްޓަރުން ހޯދަން އިއުލާންކުރި ދާއިރާތަކުގެ ތެރޭގައި އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ، މެޑިސިން، އެނެސްތެތީސިއޮލިޖީ، ޕީޑިއެޓްރިކްސް، ސާޖަރީ، ރޭޑިއޮލޮޖީ، އޮޕްތަލްމޮލޮޖީ އަދި އޯތޮޕީޑިކްސް ހިމެނެ އެވެ.

ފުމައްމުލަކު ހޮސްޕިޓަލުން ބުނީ މި މަގާމުތަކަށް ޝައުގުވެރިވާ މީހުންނަށް މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ހޮސްޕިޓަލުން ބުނީ އިންޓަވިއު އަށް ޝޯޓްލިސްޓް ކުރާނީ ކުރިމަތިލާ މީހުންގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލަ އިއެންމެ މަތިން މާކްސް ލިބޭ މީހުން ކަމަށެވެ.

އިއުލާންކުރި ސްޕެޝަލިސްޓް ޑޮކްޓަރުންގެ މުސާރަތައް އުޅެނީ 26،231- 40،229ރ. އާ ދެމެދު އެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު ހޮސްޕިޓަލްގެ ނަމްބަރު 6861860 އާއި މި މެއިލް [email protected] މެދުވެރިކޮޑް ހޯދޭނެ އެވެ.