އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ބުނެފައިވަނީ އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލަށް ހިޔާލު ހޯދުމަށް މިއަދުންފެށިގެން ހުޅުވާލާ ކަމަށެވެ.
މި ބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް އޮތްނަމަ ނޮވެމްބަރު 2 ގެ 12:00 ގެ ކުރިން އެކަން ލިޔުމުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ފުރުޞަތު ހުޅުވާލުން
📃https://t.co/BXgcZTI9iL pic.twitter.com/JkJLps873a
— People's Majlis (@mvpeoplesmajlis) October 24, 2023
މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މާޗް 20 ވަނަ ދުވަހުއެވެ. މި ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން މެންބަރު އިބްރާހިމް ޝަރީފެވެ.
މި ބިލު ފާސްނުވެ މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަތީ އެކަމުގެ ކަންބޮޑުވުން ބައެއް މެންބަރުން އަންނަނީ ފާޅުކުރަމުންނެވެ.