Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

އެއް ގަޑިއިރު ތެރޭ ގާޒާ އިން 50 މަރު

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް އެއް ގަޑިއިރު ތެރޭ ދިން ހަމަލާތަކުގައި 50 މީހަކު ޝަހީދުކޮށްލައިފި އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުން ގާޒާގެ އެކި ސަރަހައްދުތަކަށް އެއް ގަޑިއިރު ތެރޭ ދިން ދިން ވައިގެ ހަމަލާތަކުގައި 50 މީހަކު ޝަހީދުވެފައިވާ ކަމަށެވެ. އަދި އިޒްރޭލުން ހަމަލާތައް ދެމުންދާ ސަރަހައްދުތައް މިހާރު ފުޅާކުރަމުންދާ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެ އެވެ.

އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި ފާއިތުވި ދެ ދުވަހު ގިނަ އަދަދަކަށް މީހުން ޝަހީދުވެފައިވާއިރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމާސް ޖަމާއަތާ ދެކޮޅަށް މިހާރު ހަމަލާތައް ދެމުންދަނީ ވަރަށް ވަރުގަދަކޮށް ކަމަށާއި އިއްޔެ އަކީ ހަމާސް ޖަމާއަތަށް އެއް ދުވަސްތެރޭ އެންމެ ބޮޑު ގެއްލުމެއް ދުވަސް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލުތަކެއް އޭނާ ދީފައެއް ނުވެ އެވެ.

ގާޒާގެ އުތުރުގެ ސަރަހައްދުތަކަށް އިޒްރޭލުން ރޭ ވަރުގަދަ ހަމަލާތަކެއް ދިންއިރު، އިޒްރޭލުގެ ހަމަލާތައް އާންމުންގެ ގެތަކަށާއި ރެފިއުޖީ ކޭމްޕުތަކަށް ވެސް ވަނީ އަމާޒުކޮށްފަ އެވެ.

މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދޭން ފެށީ ހަމާސް ޖަމާއަތުން އިޒްރޭލަށް ކުއްލި ގޮތަކަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެންނެވެ. އެ ހަމަލާތަކާ ގުޅިގެން އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައިވާއިރު މި ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 5،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.