އިންޑިއާގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ އަރުމާން މަލިކާއި ލޯބިވެރިޔާ އާޝްނާ ޝްރޮފް އެންގޭޖްވެއްޖެ އެވެ.
އެ މީހުންގެ އެންގޭމަންޓް ހަފުލާގެ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ. އަރްމާން އާއި އާޝްނާ އެންގޭޖްވެފައި ވަނީ ރައްޓެހިވެގެން އުޅޭތާ ހަ އަހަރު ފަހުންނެވެ.
އަރްމާން، 28، އަކީ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އަނޫ މަލިކަށް ބޮޑުބޭބެ ކިޔާ ފަންނާނެކެވެ. އަރުމާންގެ ބައްޕަ ޑައްބޫ މަލިކާއި އަނޫ މަލިކަކީ އެއްބަނޑު އެއްބަފާ ދެބެއިންނެވެ. ލަވަކިޔުންތެރިއެއްގެ އިތުރުން މިއުޒިކް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ އަރުމާން މިއުޒިކް ކޮމްޕޯސްކުރަނީ އޭނަގެ ބޭބެ އަމާން މަލިކެވެ.
މި ދެބެއިން މިހާތަނަށް ބޮލީވުޑްގެ އެތައް ފިލްމަކަށް ވެސް މިއުޒިކް ހަދައި، ލަވަތައް ކިޔާފައިވެ އެވެ. އަރުމާން 2014 ގައި އޭނަގެ ނަމުގައި މިއުޒިކް އަލްބަމެއް ވެސް ނެރެފައިވެ އެވެ.
އަރުމާން އަކީ ރާއްޖޭގައި 2016 ގައި ޝޯއެއް ވެސް ދީފައިވާ ފަންނާނެކެވެ.