Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

އެމިރޭޓްސްގެ ދަތުރުތައް އިޒްރޭލަށް މެދުކަނޑާލައިފި

ޔޫއޭއީގެ މަޝްހޫރު އެއާލައިން އެމިރޭޓްސްގެ ދަތުރުތައް އިޒްރޭލަށް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

މިކަމާ ގުޅޭ ގޮތުން އެ އެއާލައިނުން ނެރުނު ކުރު ބަޔާނެއްގައި ބުނީ ހާލަތު އޮތް މިހާރު އޮތް ގޮތުން އެމިރޭޓްސްގެ ދަތުރުތައް އަންނަ މަހުގެ 14 އާ ހަމައަށް އިޒްރޭލުގެ ވެރިރަށް، ތެލް އަވީވަށް ކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި މިއީ މިހާރު އިޒްރޭލާއި ފަަސްތީނާ ދެމެދު އުފެދުމުފައިވާ ހޫނުގަނޑާ ހެދި ނިންމި ނިންމުމެއް ކަމަށާއި ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް އެމިރޭޓްސް އިން ބުންޏެވެ.

އެ އެއާލައިނުން ބުނީ މި ވަގުތު އިޒްރޭލަށް ދަތުރުތައް ނުކުރަން ނިންމި އެންމެ މުހިއްމު ސަބަބަކީ ޕެޖެންސަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށެވެ.

މި މަހުގެ 7 ގައި ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް، ލާއިންސާނީ އެތައް ޖަރީމާއެއް ހިންގަމުންނެވެ. އަނިޔާވެރި ޔަހޫދީންގެ ހަމަލާތަަކުގައި މިހާތަނަށް ފަލަސްތީނުގެ 5،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވެ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.