Last Updated: July 24, 06:25
Friday, July 24, 2026
މުނިފޫހިފިލުވުން

"ރާޑޯ" ގެ އެމްބެސެޑަރަކަށް ކެޓްރީނާ

ސްވިޓްޒަލޭންޑްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ރާޑޯ" ގަޑީގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަށް ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް ހަމަޖައްސައިފި އެވެ.

އޭނަ އަށް މި ލިބުނު ފުރުސަތާ އެކީ އެކީ ކުރިއަށް އޮތް ދުވަސްތަކުގައި "ރާޑޯ" ގަޑި އިޝްތިހާރުކުރަން ގިނަ މަސައްކަތްތަކެއް ކުރާނެ އެވެ. ކެޓްރީނާ ބުނީ އެ ބްރޭންޑް ޕްރޮމޯޓްކޮށް، އިޝްތިހާރުކޮށް ދޭން ފުރުސަތު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށާއި އެފަދަ ފުރުސަތެއް ލިބުނީތީ ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރާ ކަމަށެވެ.

"ރާޑޯ ބްރޭންޑްގެ ގަޑި އަކީ އަހަރެންގެ އަބަދުގެ ފެވަރިޓެއް ވެސް މެ،" އޭނަ ބުންޏެވެ. "މިއީ ޑިޒައިނާއި އޭގެ ކޮލިޓީ ވެސް ވަރަށް ހިތްގައިމު މޮޅި ބްރޭންޑެއް."

އެކްޓަރު ވިކީ ކޯޝަލްގެ އަންހެނުން ކެޓްރީނާ އަކީ ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން ބްރޭންޑްތައް އެންޑޯޒްކޮށް ދީގެން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކެކެވެ. އޭގެ ތެރޭގައި އިންޑިއާގެ ބްރޭންޑްތަކާއި އިންޓަނޭޝަނަލް ބްރޭންޑްތައް ވެސް ހިމެނެ އެވެ. މިދިޔަ މަހުގެ ތެރޭގައި އިއްތިހާދު އެއާލައިންގެ އެމްބެސެޑަރަކަށް ވެސް ކެޓްރީނާ ހަމަޖައްސާފައިވެ އެވެ.

އޭނަގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 12 ގައި ރިލީޒްކުރާ "ޓައިގާ 3" އެވެ.