Last Updated: July 24, 06:24
Friday, July 24, 2026
ޚަބަރު

ކުރީގެ ފިލްމީ ތަރި ލަތީފު މަޖިލީހަށް ވާދަކުރަނީ

ރާއްޖޭގެ ކުރީގެ ފިލްމީ ތަރި އަހުމަދު ލަތީފު އަންނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރަން ނިންމައިފި އެވެ.

އޭނަ ވާދަކުރަން ނިންމާފައި ވަނީ މަޖިލީހަށް އަލަށް އިތުރުވި ދާއިރާތަކުުގެ ތެރޭގައި ހިމެނޭ ހުޅުމާލޭގެ އުތުރު ދާއިރާގެ ގޮނޑިއަށެވެ. އެ ގޮނޑި އަށް ވާދަކުރަން އޭނަ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ވަރަށް ބޮޑަށް ޝައުގުވެރިކަން ހުރި ކަމަށް ބުނެފައިވެ އެވެ.

ލަފީތަކީ ބައެއް ފިލްމުތަކާއި ޑްރާމާތަކުގެ އިތުރުން ވީޑިއޯ ލަވަތަކުން ވެސް ފެނިފައިވާ އެކްޓަރެކެވެ. އޭނަ އަކީ އައްޑޫ ހިތަދު އަށް ނިސްބަތްވާ ކުރީގެ ފިލްމީ ތަރި އައިމިނަތު އަމީލާ (އަމީ) ގެ ކުރީގެ ފިރިމީހާ އެވެ. އެ ދެ މީހުންގެ ކައިވެނި ރޫޅުނީ 2011 ގަ އެވެ.

ލަފީތު އަންނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރަން ނިންމި އިރު، ފިލްމީ ތަރި އަލީ ސީޒަން ވެސް ވަނީ ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނެގުމަށް ފަހު، މަޖިލީހަށް ވާދަކުރަން ނިންމައިފަ އެވެ. ޕީޕީއެމް/ޕީއެންސީގެ ފަރާތުން އޭނަ ވާދަކުރަން ނިންމާފައި ވަނީ ތުލުސްދޫ ދާއިރާއަށެވެ.

ކުރިން މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ފިލްމީ ތަރިންގެ ތެރޭގައި ރީކޯ މޫސާއި މަނިކާއި މުހައްމަދު އަބްދުﷲ މުހައްމާކަލޯ) ހިމެނެ އެވެ.