Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

އައްޑޫ ޔޮޓް މެރީނާ ހަދަން ސޮއިކޮށްފި

އައްޑޫ ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލް ހަދަން ހަވާލުކުރަން ނިންމި ކުންފުންޏާ އެކީ ޕްރޮޖެކްޓްތަކުގެ ބިން ހަވާލުކުރުމުގެ އެެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި ޕްރޮޖެކްޓް ހަވާލުކޮށްއި ވަނީ އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުންޏާ އެކީ ކައުންސިލުން ސޮއިކުރީ އިއްޔެ އެވެ.

އައްޑޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލަން ހަދަން ނިންމައި އެ ވާހަކަ ކައުންސިލުން ދައްކަމުން އަންނަނީ 2021 އިން ފެށިގެންނެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ފާސްކުރި ފޭދޫ ލޭންޑް ޔޫޒް ޕްލޭނުގައި ވެސް ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލަށް ބިން ކަނޑައަޅާފައިވެ އެވެ.

ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލް ހަދައި އެތަން ތަންތަން އޮޕަރޭޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް ކައުންސިލުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއި) ހުށަހެޅުމުގެ ފުރުސަތު ހުޅުވީ މި އަހަރުގެ ޖުލައި މަހުގެ 12 ގަ އެވެ.