ކައިވެނީގެ ފަހުން އަންނަ ފުރަތަމަ އުފަން ދުވަހު، ގޭންގެއްގެ ބަޔަކު ކިޑްނެޕްކުރުމުން އެ މީހުންގެ ކިބައިން ސަލާމަތްވާން ބަތަލާ ތާރާ ސުތާރިއާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމު "އަޕޫރްވާ" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
އަރަމުން އަންނަ ޒުވާން ބަތަލާ ޓައިޓްލް ރޯލު ކުޅެފައިވާ މި ފިލްމަކީ މުރާދު ކެތާނީ ޕްރޮޑިއުސްކޮށް، ނިކިލް ނާގޭޝް ބަޓް ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. އަންނަ މަހުގެ 15 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ މި ފިލްމުގައި ތާރާގެ ފިރިމީހާހެ ރޯލު ކުޅެފައި ވަނީ ދައިރިއާ ކަރްވާ އެވެ.
ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަބީޝެކް ބެނަކީ އާއި ރާޖްޕަލް ޔާދަވް ވެސް ހިމެނެ އެވެ.
ދެހާސް ނަވާރައިގެ ފިލްމު "ސްޓޫޑެންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ނުކުތް ތާރާ، 29، އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ "އޭކް ވިލަން ރިޓާންސް" އިންނެވެ.