Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ފަލަސްތީނަށްޓަކައި ބާއްވާ އައްޑޫ އެއްވުން މިއަދު

ފަލަސްތީނުގެ ރައްޔިތުންނާ އެކީ އައްޑޫ ރައްޔިތުން ތިބިކަން ހާމަކޮށް ދިނުމުގެ ގޮތުން ބާއްވާ ބޮޑު އެއްވުމަށް މިއަދު ތައްޔާރުވެއްޖެ އެވެ.

އައްޑޫ ސިޓީ ކައުންސިލާއި މަދަނީ ޖަމިއްޔާތައް ގުޅިގެން ބާއްވާ މި އެއްވުން ފަށާނީ ހަވީރު 4:00 ގައި ހިތަދޫ ސިޓީ ސްކެއާގަ އެެވެ،. އެހެންވެ މި ހަރަކާތުގައި ވެސް ވީހާ ވެސް ގިނަ ބަޔަކު ބައުވެރިވާން ކައުންސިލުން އެދިފައިވެ އެވެ. މި އެއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް، ފަލަސްތީނުގެ މުސްލިމު ރައްޔިތުންނާ އެކީ އައްޑޫ ރައްޔިތުން ތިބިކަން ހާމަކޮށް ދިނުމެވެ.

މި ބޮޑު އެއްވުން ހަވީރު 6:00 އާ ހަމައަށް ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން ފަންޑް ފޮށި ވެސް ބަހައްޓާފައި ހުންނާނެ އެވެ.

މިހާރު ވެސް އައްޑޫގެ އެކިއެކި ފަރާތްތަކުން އަންނަނީ ފަލަސްތީނަށް އެހީވާން ފަންޑް ރެއިޒިން ހަރަކާތްތައް ހިންގަމުންނެވެ.