ޓްރެފިކް ޖޫރިމަނާތައް މާފުކޮށްދިނުމަށްޓަކައި ހުޅުވައިލި ތަމްރީނު ޕްރޮގުރާމުގައި 1،249 މީހުން ބައިވެރިވާން ހުޅަހަޅާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެ ޕްރޮގްރާމަށް ހުޅުވައިލީ މިދިޔަ މަހުގެ 26 ގަ އެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވާން ދިން ސުންގަޑި ހަމަވީ އިއްޔެއަށެވެ.
ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ ފުލުހުންނާ ގުޅިގެންނެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވަނީ ޓްރެފިކް ޖޫރިމަނާތައް މައާފުކޮށް ދޭން ނިންމާފައި ވަނީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާއީ އެހެން މައްސަލަތަކަށް ހޭލުންތެރިކުރުމަށް ފުލުހުން ފަރުމާކޮށް ކަނޑައަޅާ 20 ގަޑިއިރުގެ ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަކުރުމުން ކަމަށެވެ.
ޕްރޮގްރާމްގައި ބައިވެރިވުމުން އެ މީހަކަށް ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށް ދާނެ ގޮތުގެ ޝެޑިއުލް ހިއްސާކުރާނެ އެވެ. ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފަ ވަނީ ފުލުހުންގެ ދެ ހަފުތާ އާއި ހަފުތާ އާއި އެއް މަސްދުވަހަށް ވުރެ ދިގު ނުވާނެ ގޮތަކަށް ޓްރާންސްޕޯޓް ބުނެފައިވެ އެވެ.
ޓްރެފިކް ޖޫރިމަނާތައް މައާފުކޮށް ދޭން ސަރުކާރުން ނިންމިކަން އިއުލާންކޮށްފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން އިވެންޓެއްގައި މިދިޔަ މަހު އެވެ. އެގޮތުން ނޮވެމްބަރު 17، 2018 އިން ފެށިގެން މިދިޔަ މަހުގެ 5 އާ ހަމައަށް ކޮށްފައިވާ ޓްރެފިކް ޖޫރިމަނާތައް މައާފުކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.