Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

މުދަލުގެ ޒަކާތުގެ ގޮތުގައި 70 މިލިއަން ރުފިޔާ

މިދިޔަ މަހާ ހަމައަސް މުދަލު ޒަކާތުގެ ގޮތުގައި 70 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު ތިން މިލިއަން މަދު އަދަދެއް ކަމަށެވެ. މިދިޔަ މަހަކީ މި އަހަރު މުދަލުގެ ޒަކާތުގައި އެންމެ މަދުން ފައިސާ ލިބުނު މަހެވެ. އެ މަހު ލިބުނީ 2.8 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ މިހާތަނަށް މުދަލުގެ ޒަކާތުގައި އެންމެ ގިނައިން ފައިސާ ލިބުނީ އޭޕްރީލް މަހުގަ އެވެ. އެއީ 22.3 މިލިއަން ރުފިޔާ އެވެ.

* ޖެނުއަރީގައި މުދަލު ޒަކާތުގެ ގޮތުގައި 5.1 މިލިއަން ރުފިޔާ
* ފެބްރުއަރީގައި މުދަލުގެ ޒަކާތުގެ ގޮތުގައި 5 މިލިއަން ރުފިޔާ
* މާޗުގައި މުދަލުގެ ޒަކާތުގެ ގޮތުގައި 11.1 މިލިއަން ރުފިޔާ
* އޭޕްރީލްގައި މުދަލު ޒަކާތުގެ ގޮތުގައި 22.3 މިލިއަން ރުފިޔާ
* މެއި މަހު މުދަލު ޒަކާތުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ
* ޖޫންގައި މުދަލުގެ ޒަކާތުގެ ގޮތުގައި މަހު 3.1 މިލިއަން ރުފިޔާ
* ޖުލައިގައި މުދަލު ޒަކާތުގެ ގޮތުގައި 7.3 މިލިއަން ރުފިޔާ
* އޮގަސްޓުގައި މުދަލު ޒަކާތުގެ ގޮތުގައި މަހު 8.5
* ސެޕްޓެމްބަރުގައި މުދަލުގެ ޒަކާތުގެ ގޮތުގައި 2.8 މިލިއަން ރުފިޔާ

މުދަލު ޒަކާތް ވާޖިބުވާ ނިސާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. މިހާރު މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ އަދަދަކީ 7،151.90ރ. އެވެ.

މުދަލު ޒަކާތް 2016 އިން ފެށިގެން ބަލައިގަންނަނީ މީރާއިންނެވެ.