Last Updated: July 24, 06:24
Friday, July 24, 2026
މުނިފޫހިފިލުވުން

ބޭނުންވީ ސައިންޓިސްޓަކަށްވާން: ޑިޝާ

ކެރިއަރެއްގެ ގޮތުގައި ބޭނުންވީ ސައިންސް ދާއިރާ އިން ކުރިއަށް ގޮސް ސައިންޓިސްޓަކަށްވާން ކަމަށް އިންޑިއާގެ ޒުވާން ބަތަލާ ޑިޝާ ޕަޓާނީ ބުނެފި އެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓައިގާ ޝްރޮފްގެ ކުރީގެ ލޯބިވެރިޔާ "ކޮސްމޮޕިޓަން އިންޑިއާ" އަށް އިންޓަވިއުއްގައި ބުނީ ބޮޑުވަމުން އައި ދުވަސްވަރު އެންމެ ބޮޑު ޝައުގުވެރި ކަމެއް ދެވުނީ ސައިންސާ ގުޅުން ހުރި ކަންކަމަށް އެގޮތަށެވެ. އެގޮތުން ގުދުރަތީ މާހައުލާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނާ ކަމަށާއި އޭރު އެންމެ ގިނައިން ބަލައި އުޅުނީ ނެޝަނަލް ޖޯގްރަފީ އާއި ޑިސްކަވަރީ ކަހަލަ ޗެނެލްތައް ކަމަށް ވެސް ޑިޝާ، 31، ބުންޏެވެ.

"އެހެންވެ ވަރަށް ބޭނުންވި ކަމެއް އަސްލު ސައިންސްޓިސްޓަކަށްވުމަކީ." ކުރިއަރަމުން އަންނަ ބަތަލާ ބުންޏެވެ.

ޑިޝާ ބުނި ގޮތުގައި އޭނަ ބަތަލާއަކަށްވާން އެންމެ ބޮޑަށް ހިތްވަރު ދިން މީހަކީ މަންމަ އެވެ. އޭނަ ބުނީ ބުނީ މަންމަ އަކީ އަބަދު ވެސް ރީތި މީހެއް ކަމަށާއި ހާއްސަކޮށް ޒުވާން ދުވަސްވަރު މަންމަ ވަކިން ނަލަ ކަމަށެވެ.

"އެހެންވެ ކަންނޭނގޭ ފިލްމު ކުޅެން ހިތްވަރު ދިނީ މަންމަ." ޑިޝާ ބުންޏެވެ.

އޭނަ ކިޔައިދިން ގިތުގައި މި ދާއިރާ އަށް ވަދެވުނީ ރައްޓެހިންތަކެއް ހިތްވަރު ދީގެން އެންމެ ފުރަތަމަ މޮޑެލިންގެ ތެރެއަށް ވަދެ، މަސައްކަތް ވެސް ކުރަން ފެށުމުންނެވެ.

"އަހަރެން ލަކްނޯގެ ޔުނިވަސިޓީއެއްގައި ކިޔެވި ދުވަސްވަރު ރައްޓެހިންތަކެއް އަހަރެންގެ ނަން މޮޑެލިން އެޖެންސީއަކާ ހިއްސާކުރީ. ނަސީބު ދިމާކުރި ގޮތުން އެ ފަހަރު މުބާރާތެއްގައި ވާދަކޮށް ކާމިޔާބު ވެސް ވި. އެއާ އެކީ މުމްބާއީ އަށް ދާން ފުރުސަތު ލިބި އޭގެ ފަހުން ފިލްމީ ދާއިރާ އިން ފުރުސަތުތައް ފަހިވީ." 2015 ގެ ތެލެގޫ ފިލްމު "ލޯފަރު" އިން އެކްޓިން ކެރިއަރު ފެށި ޑިޝާ ބުންޏެވެ.

އޭނަގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ 2016 ގެ "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" އެވެ. ޑިޝާ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "އޭކް ވިލަން ރިޓާންސް" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 8 ގައި ރިލީޒްކުރާ "ޔޯދާ" އެވެ.

ޑިޝާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ބާގީ 2"، "ބާރަތު" އަދި "ރާދޭ" ހިމެނެ އެވެ.

ދާދި ފަހުން ޑިޝާ ވަނީ އަމިއްލަ އަށް ޑައިރެކްޓްކޮށް، ކުޅުނު ވީޑިއޯ ލަވައެއް ވެސް ނެރެފަ އެވެ