Last Updated: July 15, 18:06
Wednesday, July 15, 2026
ޚަބަރު

މާދަމާ ރޭ ކޭތަ ނަމާދު ކުރަން އަންގައިފި

ހުކުރު ހުތުބާ ދެމުންދަނީ- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހުރިހާ ރަށެއްގެ ބޮޑެތި މިސްކިތްތަކުގައި މާދަމާ ރޭ ކޭތަ ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ މާދަމާ ރޭ ހަނދުކޭތައެއް ހިފާނެ ކަމަށާއި ހަނދުކޭތަ ހިފަން ފަށާނީ ރޭގަނޑު 23:01 ގައި ކަމަށެވެ. އަދި ހަނދު ކޭތަ ހިފާ ނިމޭނީ މެންދަމުން އަލިވެ 03:26 ގަ އެވެ. ކޭތަ އެންމެ ބޮޑަށް ހިފާނީ 01:14 ގަ އެވެ.

މާދަމާރޭގެ ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ 1:15 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. ކޭތަ ނަމާދުގެ ހުތުބާ މާދަމާ އެ މިނިސްޓްރީގެ ވެބްސައިޓުގައި އާއްމުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީން އަންގާފައިވަނީ ކޮންމެ ރަށެއްގެ ވެސް އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދު ކުރުމަށެވެ.