މާލެ އަތޮޅު ރިސޯޓެއް ކައިރީގައި އޮތް ސަފާރީއެއްގައި މިއަދު ރޯވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި މިއަދުގެ ވަރަށް ހެނދުނުގެ ވަގިތެއްގައި ރޯވެފައި ވަނީ ރިޒްކާލްޓަން ފަރި ރިސޯޓް ކައިިރީގައި އޮތް "މެޖެެސްޓީ 62" ކިޔާ ސަފާރީއެއްގަ އެވެ. އެ ހާދިސާގެ ރިފޯޓް އެމްއެންޑީއެފަށް ލިބުނީ ހެނދުނު 7:37 އެހާކަށްހާއިރު ކަމަށާއިި އެކަމާ ގުޅިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާންގެ ހާދިސާއާ ގުޅިގެން އޭގައި ތިބި ޓޫރިސްޓުންނާއި ކްރޫން ސަފާރީން ބާލާފައިވާ ކަމަށެވެ. ނަމަވެސް ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމެއް ސާފެއް ނުވެ އެވެ.
ސަފާރީ އޮތް ސަރަހައްދުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.