Last Updated: June 8, 07:06
Monday, June 8, 2026
ސިޔާސީ

ނަޝީދަށް ހޯމަ ދުވަހު ހުކުމް ކުރާނެ: އަލްހާން

ކުރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތުގައި އެމަނިކުފާނުގެ މައްޗަށް ހޯމަ ދުވަހު ހުކުމް ކުރާނެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

އަލްހާން ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް އަންނަ ހޯމަ ދުވަހު ހުކުމް ކުރަން ރާވާ ނިންމާފައިވާ ކަމަށް ފުލުހުންގެ އިސް ބޭފުޅަކު އޭނާއަށް މައުލޫމާތުދީފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެއީ ކޮންބޭފުޅެއްކަން ހާމަ ނުކުރެއްވޭނެ ކަމަށް އަލްހާން ވިދާޅުވި އެވެ.

އަލްހާން މިހެން ވިދާޅުވެފައިވާ އިރު ރައީސް ނަޝީދު ވެސް ވަނީ އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރާނެ ކަން ޔަޤީންވެ ވަޑައިގަންނަވާ ކަމަށް ކުރިން ވިދާޅުވެފަ އެވެ.

ޕީޖީ މުހުތާޒް މުހުސިން ރައީސް ނަޝީދު މައްޗަށް އުފުލަމުންދާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ބާރު ސްޕީޑްގައި ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދާ އިރު ހޮނިހިރު ދުވަހު ވަނީ ޝަރީއަތުގެ ހަ ވަނަ އަޑުއެހުމެއް ތާވަލްކޮށްފަ އެވެ.