Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ޕީޕީއެމްގެ ނަމުގައި ސްކޭމް މެސެޖުތަކެއް

ޕީޕީއެމްގެ ނަމުހައި ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް ގޮވާލައިފިއެވެ.

ސްކޭމް މެސެޖުތައް ފޮނުވުން އިތުރުވެފައިވާއިރު ޕީޕީއެމްގެ ނަމުގައި ޑީއެޗްއެލްގެ ލިންކަކާއެކު އަންނަނީ ސްކޭމް މެސެޖުތަކެއް ފޮނުވަމުންނެވެ.

އެކަމާ ގުޅިގެން ޕީޕީއެމްއިން ބުނެފައިވަނީ އެ ޕާޓީގެ ނަމުގައި ޑީއެޗްއެލްގެ ލިންކާއެކު ފޮނުވަމުންދާ މެސެޖްތަކަކީ ސްޕޭމް މެސެޖްތަކެއް ކަމަށެވެ. އަދި އެ މެސެޖްގައިވާ ލިންކަށް ނުވެންނެވުން އެެެދިފައިވެއެވެ.

މީގެއިތުރުން ފުލުހުންވެސް ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކަސްޓަމްސް ފީ ދެއްކުމަށްކަމަށް ބުނެ އެކި ނަންބަރުތަކުން މެސެޖްތައް ފޮނުވުން ގިނަވެފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެހެންކަމުން މިފަދަ މެސެޖްތަކަށް ސަމާލުވެ، މެސެޖްތަކުގައިވާ ލިންކަށް ނުވަނުމަށް ފުލުހުންވެސް ވަނީ އެދިފައެވެ.