Last Updated: May 8, 20:49
Thursday, May 8, 2025
ޚަބަރު

މި އަހަރުގެ މިހާތަނަށް 1.4 މިލިއަން ޓޫރިސްޓުން

މި އަހަރު މިހާތަނަށް ރާއްޖެއަށް 1.48 މިލިއަން ފަތުރުވެރިން ޒިޔާރާތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުން އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1،487،099 ފަތުރުވެރިން ޒިޔާރާތް ކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.3 އިންސައްތައިގެ ކުރިއެރުމެކެވެ.

ތަފާސްހިސާބުން ދައްކާގޮތުން އޮކްޓޫބަރު މަހު 1 އިން 25 ގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 126،051 ފަތުރުވެރިންނެވެ.

މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފައިވަނީ ރަޝިޔާއިންނެވެ. އެގޮތުން 170،097 ފަތުރުވެރިން ރަޝިޔާއިން ރާއްޖެއަށް ޒިޔާރާތް ކޮށްފައިވެއެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި އިންޑިއާއިން އައިސްފައިވަނީ 161،627 ފަތުރުވެރިންނެވެ. ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި ޗައިނާއިން އައިސްފައިވަނި 161،488 ފަތުރުވެރިންނެވެ. ރާއްޖޭގައި މިވަގުތު އޮޕަރޭޝަންގައި ހުރީ 62814 އެނދެވެ.