Last Updated: July 24, 06:24
Friday, July 24, 2026
މުނިފޫހިފިލުވުން

"ރެއިލްވޭ މެން" އަންނަ މަހު ނެޓްފްލިކްސް އަށް

ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފުރަތަމަ ވެބް ސީރީޒް "ދަ ރެއިލްވޭ މެން" އަންނަ މަހުގެ 18 ގައި ޕްރީމިއާކުރަން ނިންމައި މީގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

ހުނަރުވެރި އެކްޓަރުންތަކެއް ހިމެނޭ މި ސީރީޒަކީ 1984 ގައި އިންޑިއާގެ ބޯޕާލްގައި ގޭސް ލީކްވެ، ހިނގި ނުރައްކާތެރި ބޮޑު ހާދިސާއަކަށް ބިނާކޮށްގެން ހަދާފައިވާ އެއްޗެކެވެ. "ދަ ރެއިލްވޭ މެން" ގެ ކާސްޓްގައި އާރް މާދްވަން، ކޭކޭ މެނަން، ދިވްޔެންޑޫ ޝަރުމާ އަދި ކުރީގެ އެކްޓަރު އިރުފާން ޚާންގެ ދަރިފުޅު ބާބިލް ޚާން ވެސް ހިމެނެ އެވެ.

ސީރީޒްގެ މޭސްތިރި އަކީ ޝިވް ރަވައިލް އެވެ. އޭނަ އަކީ "ލަވް ސްޓޯރީ" އާއި "ބޭތާބު" އާއި "ސަމަންދަރު" އަދި "ބޭހުދީ" ފަދަ މަގުބޫލު އެތައް ފިލްމެއް ގެނެސްދިން ކުރީގެ ޑައިރެކްޓަރު ރާހުލް ރަވައިލްގެ ދަރިއެކެވެ.

"ދަ ރެއިލްވޭ މެން" އަކީ ހަތަރު އެޕިސޯޑްގެ ސީރީޒެކެވެ.