Last Updated: July 24, 06:24
Friday, July 24, 2026
މުނިފޫހިފިލުވުން

"ފްރެންޑްސް" ގެ ތަރި މެތިއު ޕެރީ މަރުވެއްޖެ

މަޝްހޫރު ސިޓްކޮމް "ފެރެންޑްސް" އިން ވިދި އެކްޓަރު މެތިއު ޕެރީ މަރުވެއްޖެ އެވެ.

މެތިއު ،54، މަރުވެފައި އޮއްވާ ފެނުނީ އޭނާ ލޮސް އެންޖަލިސްގައި ދިރިއުޅެމުންދާ ގޭގެ ހޮޓް ޓަބްގެ ތެރެއިން ކަމަށް ރިޕޯޓުތައް ބުނެ އެވެ. މެތިއު މަރުވި ސީދާ ސަބަބެއް މިހާތަނަށް ކަމާގުޅޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެ އެވެ.

މެތިއުގެ މަރު ލޮސް އެންޖަލިސް ޕޮލިސް ޑިޕާޓްމެންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

"ފްރެންޑްސް" ގައި ޗޭންޑްލާ ބިންގްގެ ރޯލުން އާންމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދި މެތިއު އަށް އެ ޝޯގައި އޭނާ ކުޅުނު ރޯލަށް އެމީ ނޮމިނޭޝަނެއް ވެސް ލިބިފައިވެ އެވެ.

މެތިއުގެ ބައޮގްރަފީ "ފްރެންޑްސް، ލަވާސް އެންޑް ދަ ބިގް ޓެރިބަލް ތިންގް" މިދިޔަ އަހަރު ނެރެފައިވެ އެވެ.