Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ރާއްޖެ އައި ޓޫރިސްޓުންގެ އަަދަދު 1.5 މިލިއަނަށް

resort
ޑަބްލިއު މޯލްޑިވްސް ރިސޯޓް- ފޮޓޯ: އައްޑޫލައިވް

މިއަހަރު ރާއްޖެ ޒިޔާރާތް ކުރި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ މިއަދު ރާއްޖެ އައި ފަތުރުވެރިންނާއެކު، މިއަހަރު މިހާތަނަށް ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ޖުމުލަ 1،505،366 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރާތް ކޮށްފައެވެ.

މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފައިވަނީ ރަޝިޔާއިންނެވެ. އެގޮތުން 172،472 ފަތުރުވެރިން ރަޝިޔާއިން ރާއްޖެއަށް ޒިޔާރާތް ކޮށްފައިވެއެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި އިންޑިއާއިން އައިސްފައިވަނީ 163،513 ފަތުރުވެރިންނެވެ. ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި ޗައިނާއިން އައިސްފައިވަނި 163،036 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ދައްކާގޮތުން ރާއްޖޭގައި މިވަގުތު އޮޕަރޭޝަންގައި ހުރީ 62814 އެނދެވެ.