Last Updated: July 24, 05:25
Friday, July 24, 2026
މުނިފޫހިފިލުވުން

އަރުޖުންގެ "ދަ ލޭޑީ ކިލާ" ނޮވެމްބަރު 3 ގައި

ބޮލީވުޑްގެ ތަރި އަރުޖުން ކަޕޫރް ތަފާތު، ޑާކް ރޯލެއް ކުޅެފައިވާ ތުރިލާ "ދަ ލޭޑީ ކިލާ" އަންނަ މަހުގެ 3 ގައި ސިނަމާތަކަށް ގެންނަން ނިންމައި، މީގެ ޓްރެއިލާ އާންމުކޮށްފި އެވެ.

މި ފިލްމަކީ މިދިޔަ އަހަރު ތާޕްސީ ޕައްނޫގެ ބިރުވެރި ފިލްމު "ބްލާ" ގެނެސްދިން ޑައިރެކްޓަރު އަޖޭ ބާލް ހަދާފައިވާ އެއްޗެކެވެ. އޭނަ ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ސެކްޝަން 375" އާއި "ބީއޭ ޕާސް" ހިމެނެ އެވެ.

"ދަ ލޭޑީ ކިލާ" ގައި އަރުޖުންއާ އެކީ ބަތަލާގެ ރޯލު ކުޅެފައި ވަނީ ބޫމީ ޕިޑްނޭކަރެވެ. މިއީ ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމެވެ. އެހެންވެ މިއީ ބެލުންތެރިންނަށް އާ ޖޯޑެއްގެ ކެމިސްޓްރީ ދައްކުވައި ދޭނެ އެއްޗެކެކެވެ.

މިހާތަނަށް ބޮލީވުޑުން މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ އަރުޖުން އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި އެކްޝަން ތުރިލާ "ކުއްތޭ" އިންނެވެ. ފިލްމު ހަދަން ހޭދަކުރި ބަޖެޓް ވެސް ކަވަރުނުވާ އެ ފިލްމަކީ، ކުޅަދާނަ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްގެ ދަރިފުޅު އާސްމާން ބަރަދްވާން ޑައިރެކްޝަނަށް ނުކުތް ފިލްމެވެ.