Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

މަޖިލިސް އިންތިހާބުގައި ވެސް އެމްޑީޕީ ބަލިކުރާނަން

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގައި ވެސް އެމްޑީޕީ ބަލިކުރާނެ ކަމަށް ހުޅުމާލެ ދާއިރާގެ ޕީޕީއެމް ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ 2021 ގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓަށް ގިނަ އަދަދެއްގެ ޒުވާނުންނާއި އަންހެނުން ޝައުގުވެރިވި ނަމަވެސް ޝައުގުވެރިވި މީހުންނަށް ބިރު ދައްކައި ޓިކެޓާއި ދުރަށް ދިއުމަށް އެމްޑީޕީ ސަރުކާރުން މަޖުބޫރުކުރި ކަމަށެވެ.

އެކަމަކު މިއަދު އެ ކޯލިޝަންގެ ޓިކެޓްގެ އަސްލު ޑިމާންޑް ފެންނަމުން ދާކަމަށާއި މިއީ ހަޤީޤަތުގައި ކޯލިޝަންގެ ސިޔާސަތުތައް ހަރުދަނާ ވުމުގެ ސަބަބުން އޮތް ޑިމާންޑެއް ކަމަށް ޝުޖާ ވިދާޅުވި އެވެ.

އެގޮތުން ޑރ. މުހައްމަފު މުއިއްޒާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުރިހަމަ ތާއީދާ އެކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓުން ކުރިއަށް އޮތް މަޖިލިސް އިންތިހާބުން އެމްޑީޕީ ބޮޑުތަނުން ބަލިކުރާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އެމްޑީޕީން އޮތީ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމައިފަ އެވެ. ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުކުރަން އިންތިހާބު ބާއްވާނެ ތާރީހެއް އިލެކްޝަން ކޮމިޝަން އީސީ) އިން އަންނަ މަހު އިއުލާން ކުރަން ހަމަޖެހިފައިވެ އެވެ.