Last Updated: July 24, 05:25
Friday, July 24, 2026
މުނިފޫހިފިލުވުން

ކަރަންގެ އާ މެހުމާނުންނަކީ ސަނީ އާއި ބޮބީ

ކަރަން ޖޯހަރުގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ސީޒަން 8 ގެ ދެވަނަ އެޕިސޯޑްގެ ޕްރޮމޯ ދެބެއިން ކަމަށްވާ ސަނީ އާއި ބޮބީ ޑިއޯލްއާ އެކީ މިއަދު އާންމުކޮށްފި އެވެ.

މި އެޕިސޯޑް ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ސްޓްރީމްކުރާނީ އަންނަ މަހުގެ 2 ގަ އެވެ. ޕްރޮމޯ އިން ފެންނަ ގޮތުގައި ފިލްމީ މަސައްކަތްތަކާއި އަމިއްލަ ދިރިއުޅުމާއި ފިލްމީ އާއިލާއާ ބެހޭ ގިނަ ވާހަކަތަކެއް ސަނީ އާއި ބޮބީ ހިއްސާކުރާނެ އެވެ. މި ދެބޭން އެކީގައި ކަރަންގެ ޝޯގައި ބައިވެރިވެފައި މި ވަނީ މީގެ ފުރަތަމަ ސީޒަނުން 2004 ގައި ލިބުނު ފުރުސަތު ދޫކޮށްލާފައި ވަނިކޮށެވެ.

"ކޮފީ ވިތު ކަރަން 8" ގެ ދެވަނަ އެޕިސޯޑް ސަނީ އާއި ބޮބީއާ އެކީ ގެނެސްދޭ އިރު، މި ދެ ތަރިންގެ ބައްޕަ މަޝްހޫރު އެކްޓަރު ދަރުމެންދުރާ އަކީ ކަރަން މިދިޔަ ޖުލައިގައި ކަަރަން ގެނެސްދިން ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ މުހިއްމު ރޯލެއް ކުޅުނު އެކްޓަރެކެވެ.

ކަރަންގެ ޝޯގެ މި ފަހަރުގެ ސީޒަން މި މަހުގެ 26 ގައި ފެށީ ދެމަފިރިން ކަމަށްވާ ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯނާ އެކީ ގެނެސްދިން އެޕިސޯޑުންނެވެ.