Last Updated: May 15, 20:12
Thursday, May 15, 2025
ޚަބަރު

ފޭދޫ ކޯޓުން ޕީޖީ އޮފީސް 10،000ރ. އިން ޖޫރިމަނާކޮށްފި

ޖިނާޢި މައްސަލައެއްގައި ފޭދޫ މެޖިސްޓްރޭޓް ކޯޓުން ޕީޖީ އޮފީސް ޖޫރިމަނާކޮށްފިއެވެ.

ފޭދޫ މެޖިސްޓްރޭޓް ކޯޓުން ޕީޖީ އޮފީސް ޖޫރިމަނާ ކޮށްފައިވަނީ ކޯޓު އަމުރަކަށް ތަބާ ނުވުމުން ކަމަށް އައްޑޫލައިވްއަށް ވަނީ ކަށަވަރު ކުރެވިފައެވެ. އަދި މިއީ ޖިނާޢީ މައްސަލައެއް ކަންވެސް ވަނީ ކަށަވަރު ކުރެވިފައިވެއެވެ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން ޕީޖީ އޮފީސް ޖޫރިމަނާ ކޮށްފައިވަނީ ޖުމްލަ 10،000ރ. އިން ނެވެ.

މިމައްސަލައިގައި ޕީޖީ އޮފީހުގެ ބަހެއް އަދި މިހާތަނަށް ލިބިފައި ނުވެއެވެ.

މީގެ ކުރިންވެސް ކޯޓުތަކުން ޕީޖީ އޮފީސް ޖޫރިމަނާކޮށްފައިވެއެވެ. އެގޮތުން އެންމެ ފަހުން މީޑިއާތަކަށް ތިލަވި މިފަދަ މައްސަލައަކީ، 2021 ވަނަ އަހަރު ނޮވެމްބަރު މަހު، ޕީޖީ އޮފީހުގެ ވަކީލުން ގަޑިއަށް ހާޒިރު ނުވުމުން، ސުޕްރީމް ކޯޓުން އެ އޮފީސް 250 އިން ކުރި ޖޫރިމަނާއެވެ. ޕީޖީ އޮފީހުން އެ މައްސަލައަށް ހާޒިރު ވެފައިވަނީ 11 މިނެޓު ލަހުންނެވެ.