Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

މޯލްޑިވިއަންގެ ދަތުރުތައް ބެންގަލޫރަށް ފަށައިފި

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް މިއަދު އިންޑިއާގެ ބެންގަލޫރަށް ފަށައިފި އެވެ.

އެ އެއާލައިން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން ބުނީ މިއަދުން ފެށިގެން ކޮންމެ ހަފުތާ އަކު ދެ ދަތުރު ބެންގަލޫރަށް ބާއްވާނެ ކަމަށެވެ. އެއީ ހޯމަ އާއި ބުރާސްފަތީގަ އެވެ.

އިންޑިއާ އަކީ ދިވެހިން އަބަދު ވެސް އެކި ބޭނުންތަކުގައި އެންމެ ގިނައިނަ ދަތުރުކުރާ ގައުމެވެ. އެހެންވެ ބެންގަލޫރަށް މޯލްޑިވިއަންގައި ދަތުރުކުރެވުމަކީ ވަރަށް ބޮޑު ފަސޭހައަކާއި ލުޔަކަށް ވާނެ އެވެ. އިންޑިއާ އަކީ ރާއްޖެ އަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ.