Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

އިޒްރޭލާ ދެކޮޅަށް "ރައިޓް މޫވްމަންޓް" އިން ޕެޓިޝަނެއް

އިޒްރޭލުގެ މީހުން ރާއްޖެ އައުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

މި ޕެޓިޝަނަކީ ފަލަސްތީނުގެ ހައްގުގައި އަޑު އުފުލައި، ތަފާތު ހަރަކާތްތަކެއް މިހާރު ކުރިއަށް ގެންދާ "ރައިޓް މޫވްމަންޓް" އިން ފެށި ޕެޓިޝަނެކެވެ. އެ ހަރަކާތުން ބުނީ މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޕެޓިޝަންގައި ސޮއިކުރުން ކުރިއަށް ދާނެ ކަމަށެވެ.

އެގޮތުން އަތޮޅު ތެރޭގައި ޕެޓިޝަންގައި ސޮއިކުރުން ކުރިއަށް ގެންދަން ރަށްރަށުން "ރައިޓް މޫވްމަންޓް" ގެ ޕޭޖަށް ރިކްއެކްސްޓްކުރުމުން އެ އިންތިޒާމު ފަހިކޮށް ދޭނެ އެވެ.

އިޒްރޭލު މީހުން ރާއްޖެ އައުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ފެށި އިރު، "ބޭން އިޒްރޭލު" ގެ ނަމުގައި ވެސް ޕެޓިޝަނެއްގައި ސޮއިކުރުން ކުރިއަށް އެބަދެ އެވެ. މިއީ ރާއްޖޭގެ ސާފިން އެސޯސިއޭޝަނާއި މޯލްޑިވްސް ބޮޑީ ބޯޓިން އެސޯސިއޭޝަންގެ އިތުރުން އިންްޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގުޅިގެން ލޯންޗްކުރި ޕެޓިޝަނެކެވެ.

މި މަހުގެ 7 އިން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 8،000 އަށް ވުރެ ގިނަ މީހުންނ މަރުވެފައިވެ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.