Last Updated: May 7, 21:21
Wednesday, May 7, 2025
ޚަބަރު

މޫކޭއަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ

އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލީ މަނިކް-- ފޮޓޯ: ރައީސް އޮފީސް

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑިސީ) ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އަށް ހަމަލާދީ މަރުގެ އިންޒާރުދިން މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ މޫކޭއަށް ހަމަލާދީ މާރާމާރީ ހިންގާ މަރުގެ އިންޒާރުދިން މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މޫކޭއަށް ހަމަލާދީ މަރުގެ އިންޒާރުދިން މައްސަލަ މިހާރު ތަހުގީގު ކުރަމުން ގެންދާ ކަމަށްވެސް ފުލުހުން މައުލޫމާތުދީފައިވެއެވެ.

ހަމަލާދީ މަރުގެ އިންޒާރުދިންކަން މޫކޭ ހާމަކޮށްފައިވަނީ ކުރި ޓްވީޓެއްގައެވެ. އެގޮތުން މީހެއްގެ ފޮޓޯއާއެކު ކުރި ޓްވީޓްގައި މޫކޭ ބުނެފައިވަނީ ދަރިފުޅާއި އެކު ސައިކަލުގައި ދަނިކޮށް ހަޑިހުތުރުބަހުން ވާހަކަ ދައްކާ ހަމަލާދީ މަރުގެ އިންޒާރު ދީފައިވާ ކަމަށެވެ.