Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

އިބްރާހީމްދީ އަށް އިންޑިއާގައި ފަރުވާ ދެނީ

އަބްދުﷲ ގާޒީ ރަހީނު ކުރި މައްސަލާގައި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމްދީދީގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ފެށިތަނާގެން އޭނާ ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ އަށް މީގެ ދެ ކުރިން އިންޑިއާގެ ގެންގޮސްފި އެވެ.

އިބްރާހީމްދީ އަށް މިހާރު ފަރުވާ ދެމުން ގެންދަނީ އިންޑިއާގެ ކެރެލާ ސްޓޭޓްގައި ހުންނަ ނިމްސް ހޮސްޕިޓަލްގަ އެވެ.

އެމްއެންޑީއެފްގެ ކުރީގެ މާލޭ އޭރިޔާ ކޮމާންޑަރު އިބްރާހީމްދީގެ މައްޗަށް، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އިރު، ހޮސްޕިޓަލްގައި އޭނާ އެޑްމިޓް ކުރުމާ ގުޅިގެން ޝަރީއަތުގެ އަޑުއެހުންތައް ވަނީ މެދުކަނޑާލައިފަ އެވެ.