އެކި ދާއިރާތަކުން އިންޑިއާ މިހާރު ހޯދަމުން އަންނަ ކުރިއެރުންތަކާ އެކި އެ ގައުމު އަންނަނީ ދުނިޔެ ފަތަހަ ކުރަމުން ކަމަށް އިންޑިއާގެ ބޮޑު މަހުޖަނު މުކޭޝް އަމްބާނީގެ އަންހެނުން ނީތާ އަމްބާނ ވިދާޅުވެއްޖެ އެވެ.
ރިލަޔަންސް ފައުންޑޭޝަންގެ ޗެއާސަން ސީއެންބީސީގެ "ދަ ސީއެންބީސީ ކޮންވަޒޭޝަން" އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާ އަކީ މިހާރު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން އިތުބާރުކުރާ އަދި ދުނިޔެ އިން ވަރަށް ބޮޑަށް ބަލައިގަންނަ ގައުމެއް ކަމަށެވެ.
"މީގެ އެތައް އަހަރެއް ކުރިއެކޭ އެއްގޮތަށް އަދިވެސް އިންޑިއާގެ މަގުމަތީގައި އެތާއި ގެރިބަކަރި ހިނގާ ތަން ފެނިދާނެ،" ނީތާ ބުންޏެވެ. "އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ އިންޑިއާ އަކީ މިހާރު މުޅި ދިނިޔެ ބަލައި ގަންނަ،، މުޅި ދުނިޔޭގެ އިތިބާރު ހޯދަމުން އަންނަ ދުވެލި ބާރު ގައުމެއްކަން."
ނީތާ ފާހަގަކުރެއްވި ގޮތުގައި އިންޑިއާ އިން މި އަހަރު ހަނދަށް އުޅަނދެއް ފޮނުވުމާއި އިގުތިސާދީ ގޮތުން ވެސް ހޯދަމުން އަންނަ ކުރިއެރުންތަކާ އެކީ އެ ގައުމު އޮތީ މުޅި ދުނިތެ ފަތަހަކުރުމުގެ މަގުމަތީގަ އެވެ.
"އިންއާ މީހުން އަންނަނީ ދުނިޔެ ފަތަހަކުރަމުން. އެކަން މިހާރު ފެންނަމުން މި އަންނަނީ. މިކަންކަމާ ދޭތެރޭ ވިސްނާލީމަ ގައިން ހީބިހި ވެސް ނަގާ." އޭނަ ވިދާޅުވި އެވެ.
ނީތާ ވިދާޅުވީ އިންޑިއާ އަންނަނީ ވަރަށް ބާރަށް ކުރިއަރަމުން ކަމަށާއި ދެން ފަސްއެނބުރި ބެލުމެއް ނެތް ކަމަށެވެ. އަދި ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި އެތައް ރޮނގަކުން އެ ގައުމު ބޮޑެތި ކުރިއެރުންތަކެއް ހޯދާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށް ވިދާޅުވި އެވެ.