Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

މަޖިލިސް އިންތިހާބަށް 61 މިލިއަން ރުފިޔާ

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 61 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅާފައިވާ އިރު، އޭގައި އިލެކްޝަން ކޮމިޝަން (އީސީ) އަށް އަންނަ އަހަރަށް ކަނޑައަޅާފައި ވަނީ ޖުމްލަ 1.15 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން 61 މިލިއަން މަޖިލިސް އިންތިހާބަށް ހާއްސަކޮށްފައިވާ އިރު، އަންހެނުންގެ ކޮމިޓީތަކުގެ ބައި އިލެކްޝަންތަކަށް 1.5 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އަންނަ އަހަރުގެ މަޖިލީސް އިންތިހާބަށް ޖުމްލަ 93 މެންބަރުން އިންތިހާބު ކުރާނެ އެވެ. އެއީ އަލަށް އިތުރުވި ހަ ދާއިރާއާ އެކީގަ އެވެ.

އީސީން ބުނެފައި ވަނީ މަޖިލިސް އިންތިހާބު ބާއްވާ ތާރީހު މި މަހު އިއުލާން ކުރާނެ ކަމަށެވެ.

އެންމެ ފަހުން 2019 ގައި ބޭއްވި މަޖިލީސް އިންތިހާބަށް 89 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅި އެވެ. އެ ފަހަރު މަޖިލީހަށް އިންތިހާބުކުރީ 87 މެންބަރުންނެވެ.