Last Updated: July 23, 12:04
Thursday, July 23, 2026
ޚަބަރު

މިފްކޯ އަށް އާ ލޯގޯއެއް

މިފްކޯ އަށް ލޯގޯއެއް ތައާރަފުކޮށްފި އެވެ.

ސަރުކާރުގެ މަސް ކުންފުނިން ޒަމާންތަކެއް ވަންދެން ބޭނުން ކުރަމުން އައި ލޯގޯގެ ބަދަލުގައި މުޅިން އާ ލޯގޯއެއް ތައާރަފުކޮށް ބޭނުން ކުރަން ފެށީ އިއްޔެއިން ފެށިގެންނެވެ. ކުންފުނީގެ ލޯގޯ ބަދަލުކޮށްފައި މި ވަނީ މިފްކޯ އަށް 30 އަހަރު ވެސް ފުރުމާ ގުޅުވަ އެވެ.

އެ ކުންފުނިން ބުނީ އާ ލޯގޯ ފަރުމާކުރީ ފަންނީ ތަޖުރިބާކާރުންގެ އެހީގަ އެވެ. އަދި މި ލޯގޯގައި އިންނަނީ މިފްކޯގެ ނަން ރަމްޒުކޮށްދޭ ތާނަ އަކުރުތަކެވެ. އަކުރުތަކުގެ ޑިޒައިންތައް ހުރީ މަސްތައް ސިފަކޮށްދޭ ކަހަލަ ގޮތަކަށެވެ.

ދިވެހި މަސްވެރިންކަން ކުރިއަރުވަން ހާއްސަކޮށްގެން މިފްކޯ ވުޖޫދަށް ގެނައީ ނޮވެމްބަރު 1، 1993 ގަ އެވެ. މި ކުންފުންޏަކީ ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯގެ ސަބްސިޑަރީއެކެވެ.