ކުރީގެ ރައީސްގެ ހައިސިއްޔަތުން މުހައްމަދު ނަޝީދަށް ލިބިވަޑައިގަންނަވާ އިނާޔަތް އެކީ ކަނޑާލަން ޖެހޭ ކަމަށް ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އިކްރާމް ހަސަން ވިދާޅުވެއްޖެ އެވެ.
އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ދައުރު ހަމަނުކުރާ ރައީސުންގެ އިނާޔަތްތައް ކަނޑާލަން ޖެހޭ ކަމަށެވެ. ނަޝީދަށް އިނާޔަތް ކަނޑާލަން މީގެ ކުރިން ވެސް މަޖިލީހުގެ އެކި މެމްބަރުން ގޮވާލައްވާފައިވެ އެވެ.
Dhauru hama nukuraa raeesunge inaayahthah ekah kandaalan jehey.
— Ikram Hassan MP (@ikramhassan) November 1, 2023
ނަޝީދު 2008 ގައި ރައީސް ކަމަށް ވަޑައިގެންނެވުމަށް ފަހު، ދައުރުގެ މެދުތެރެއިން އިސްތިއުފާ ދެއްވީ ފެބްރުއަރީ 7، 2012 ގަ އެވެ. އެ ދުވަހު ރައީސްގެ އޮފީހުގައި އިސްތިއުފާ ދެއްވާކަން އިއުލާންކުރެއްވުމަށް ފަހު، ފަހުން ރާގު ބަދަލުކުރައްވައި ވިދާޅުވެފައި ވަނީ އިސްތިއުފާ ދެއްވީ ބަޔަކު "ބޮލުގައި ބަޑި ޖައްސައިގެން" މަޖުބޫރުކޮށްގެން ކަމަށެވެ.
ނަޝީދަށް ލިބިވަޑައިގަންނަވާ ކުރީގެ ރައީސްގެ އިނާޔަތް ކަނޑާލަން އިކްރާމް ގޮވާލެއްވި އިރު، މަޖިލީހުގެ ރައީސްކަމުގައި މިހާރު ހުންނެވި ނަޝީދު އެ މަގާމުން ވަކިކުރަން އެމްޑީޕީގެ 49 މެންބަރަކު ސޮއިކުރައްވައި އޮތީ މަޖިލީހަށް ހުށަހަޅައިފަ އެވެ.
ނަމަވެސް މަޖިލީހުގެ ރައީސް އިީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ، ސަލާން ފޮނުއްވާފައިވާތީ އިތުބާރު ނެތްކަމުގެ ޖަލްސާ ވަނީ ބޭއްވޭ ގޮތް ނުވެފަ އެވެ. މިއަދަށް ވެސް އެ މައްސަލަ އެޖެންޑާކުރި އެވެ. ނަމަވެސް ޖަލްސާ ބޭއްވިފައެއް ނުވެ އެވެ.