Last Updated: August 11, 10:44
Monday, August 11, 2025
ޚަބަރު

ސިފައިން ހަތިޔާރާއެކު މާލެ ސަރަހައްދުގައި ތަމްރީނުތަކެއް

ސިފައިން ހަތިޔާރާއެކު ތަމްރީނުގައި- ފޮޓޯ: ރައީސް އޮފީސް

ސިފައިން ހަތިޔާރާއެކު މާލެ ސަރަހައްދުގައި އަސްކަރީ ތަމްރީނުތަކެއް ހިންގަން ފަށައިފިއެވެ.

ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ބާއްވާ ތަމްރީނުތަކެއް 2023 ނޮވެމްބަރު 01 އިން 05 އަށް މާލެ ސަރަހައްދުގައި ކުރިއަށްދާނެ ކަމަށެވެ.

އެގޮތުން މާލެ، ހުޅުމާލެ ފޭސް1 އަދި ފޭސް2، ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް އަދި މާލެ ކައިރި ކަނޑުގެ ސަރަޙައްދުގައި މި ތަމުރީނުތައް ކުރިއަށްދާނެ ކަަމަށް މައުލޫމާތު ދީފައިވެއެވެ.

ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވެ، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ބްލޭންކް ވަޒަން ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.