Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ބަހްރޭނުން އިޒްރޭލާ އިގުތިސާދީ ގުޅުން ކަނޑާލައިފި

ބަހްރޭނުގެ ރަސްގެފާނު ހަމަދު އަލް ޚަލީފާ

ބަހްރޭނުން އިޒްރޭލާ އެކު ބާއްވަމުން އައި އިގްތިސާދީ ހުރިހާ ގުޅުމެއް ކަނޑާލައިފި އެވެ.

އިޒްރޭލާއެކު އިގްތިސާދީ ގުޅުންތައް ކަނޑާލުމުގެ އިތުރަށް ބަހްރޭނުން ވަނީ އެގައުމުގައި ހުންނަވާ އިޒްރޭލުގެ ސަފީރު ވެސް އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ.

ބަހްރޭނުން ބުނީ މި ފިޔަވަޅުތަކަކީ ފަލަސްތީނުގެ ރައްޔިތުން ހައްގުތައް ހޯދުމަށް ކުރާ މަސައްކަތަށް ތާއީދުކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކެއް ކަމަށެވެ. ބަހްރޭނުން އިޒްރޭލާއެކު ސިޔާސީ ގުޅުން ގާއިމުކުރީ 2020 ވަނަ އަހަރު އެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން ބައެއް ގައުމުތަކުން އަންނަނީ އިޒްރޭލާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ، ބޮލީވިއާ އިން ވަނީ އިޒްރޭލާއެކު ގުޅުން ކަނޑާލަން ނިންމައިފަ އެވެ. އަދި އުރުދުން އިން ވަނީ އެގައުމުން އިޒްރޭލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަނބުރާ ގައުމަށް ގެންގޮސްފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 9،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު މީގެތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އެގޮތުން ހަނގުރާމައިގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދުވެފަ އެވެ.