Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ގާޒާ ޝަހީދުންގެ އަދަދު 10،000 އާ ގާތަށް

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ޝަހީދުވި މީހުންގެެ އަދަދު 10،000 އާ ގާތްކޮށްފި އެވެ.

އިއްޔެ އެކަނި ވެސް ގާޒާ އިން 400 މީހަކު ޝަހީދުކޮށްފައިވެ އެވެ. އެއީ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ދިން ދެވަނަ ބޮމުގެ ހަމަލާގަ އެވެ. މިދިޔަ މަހުގެ 7 އިން ފެށިގެން އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުވި މީހުންގެ އަދަދު 10،000 އަށް އަރަން ގާތްވެފައިވާ އިރު، މީގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިން ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.

ޝަހީދުވި ކުޑަކުދިންގެ އަދަދު މިހާރު 4،000 އާ ގާތްކުރެ އެވެ. ދެން އެންމެ ގިނައިން ޝަހީދުވޗެފައި ވަނީ އަންހެނުންނެވެ.

ޕަލަސްތީނުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު، ޝާހިދުވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމާ އެކީ ގާޒާގެ ބައެއް ޤަބުރުސްތާނުތައް މިހާރު ފުރިފަ އެވެ. މީގެ ސަބަބުން މިހާރު ގިނަ ހަށިތައް ވަޅުލަމުން ދަނީ، ވަޅުލެވެން ހުރި ދިމާއެއްގައި އެކުއެކީގައި ކަމަސް ވެސް ރިޕޯޓްތައް ބުނެ އެވެ.

ފަލަސްތީނުގެ 50،000 އަންހެނުން މާބަނޑު ހާލުގައި ތިބި އިރު، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ވިހަން ތައްޔާރުވެފައިވާ އަންހެނުންގެ އަދަދު 5،500 އަށް ވުރެ ގިނަ އެވެ.

ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި 1،400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، ހައްޔަރުައި ތިބި މީހުންގެ އަދަދު 200 އަށް ވުރެ ގިނަ އެވެ.