Last Updated: June 13, 02:24
Saturday, June 13, 2026
ޚަބަރު

ނަސްރުގެ ދުވަހަށް ހާއްސަ ސަމާލުކަމެއް ދެވޭނެ

އަންނަ އަހަރުން ފެށިގެން ނަސްރުގެ ދުވަހަށް ވަރަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގަައި ދިވެހިންނަށް ތަހުނިޔާ ވިދާޅުވެ، ސޯޝަލް މީޑިއާ ޕޯސްޓެއްގައި މުއިއްޒު ވިދާޅުވީ ނަސްރު ދުވަހުގެ މުހިއްމުކަން ޒުވާނުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށް ދިނުމަށްޓަކައި އަންނަ އަހަރުން ފެށިގެން ނަސްރުގެ ދުވަހަށް ދޭން ޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމަ އަށް ދޭނެ ކަމަށެވެ.

ނަސްރުގެ ދުވަހަކީ ނޮވެމްބަރު 3، 1988 ގައި ދިވެހިންގެ ބަޔަކު ސްރީ ލަންކާގެ ޓެރަރިސްޓުންތަކެއް ގޮވައިގެން ރާއްޖޭގެ ވެރިރަށް މާލެ އަށް އަރައި ދިން އުދުވާނީ ހަމަލާ އިން ހޯދި ކާމިޔާބީއާ ގުޅިގެން ފާހަގަކުރަމުންނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހިނގި އެ ހާދިސާގައި އަޑީގައި ހުރީ ހާޖަރާގޭ އަބްދުﷲ ލުތުފީ އެވެ.

ނޮވެމްބަރު 3 ގެ ހާދިސާގައި 19 ދިވެހިން ޝަހީދުވި އެވެ. އޭގެ ތެރޭގައި ސިފައިންގެ ބޭކަލުންނާއި އާންމުންގެ ބަޔަކު ވެސް ހިމެނެ އެވެ.

މުއިއްޒު ރައީސްކަމުގެ ހުވާކުރައްވަން ހަމަހެހިފައި ވަނީ މި މަހުގެ 17 ގަ އެވެ.