Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

ކުޅުދުއްފުށިން ޒުވާނަކު ގެއްލިގެން ހޯދަނީ

ހދ. ކުޅުދުއްފުށިން ޒުވާނަކު ގެެއްލިގެން ހޯދަން ފަށައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވީނުވީއެއް ނޭނގިގެން ހޯދަނީ އެ ސިޓީގެ ލަންދޫގެ އަބްދުﷲ އިބްރާހިމެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބުރާސްފަތި ދުވަހު ހެނދުނު ގެއިން ބޭރަށް ދިޔަ ގޮތަށް އޭނަގެ އެއްވެސް ޚަބަރެއް ނުވެ އެވެ.

އެހެންވެ އަބްދުﷲ އާ ބެހޭ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ 9904977 އަށް ނުވަތަ ކުޅުދުއްފުށި ސިޓީ ޕޮލިސް 9791382 އަށް ގުޅައި މައުލޫމާތު ހިއްސާކޮށް ދޭން އެދިފައިވެ އެވެ.

ރާއްޖޭގައި ފަހަކަށް އައިސް މީހުން ގެއްލޭ މައްސަލަ ވަރަށް ބޮޑެވެ.