އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ޑާކް ކޮމެޑީ "ފްރީ ޑެލިވަރީ" މިރޭ އޮލިމްޕަހުގައި ޕްރީމިއާކުރަން ތައްޔާރުވެއްޖެ އެވެ.
ތަންކޮޅެއް އާ މޫނުތަކެއް މައިގަނޑު ކާސްޓްގައި ހިމެނޭ މި ފިލްމަކީ ކަޒްމިކް އިންޓަނޭޝަނަލްގެ ފުރަތަމަ ފީޗާ ފިލްމެވެ. އެތަނުން ކުރިން ވެބް ސީރީޒްތަކެއް ގެނެސްދީފައިވެ އެވެ.
"ފްރީ ޑެލިވަރީ" ގެ ކާސްޓްގެ މައިގަނޑު ކާސްޓުންނަކީ ފީޗާ ފިލްމެއްގެ ލީޑުން އަންނަ ފެންނާނެ ފަންނާނުން ކަމަށްވާ ތާތި އާދަމާއި ރައުފަތު ސާދިގުގެ އިތުރުން އައިޝާ އަލީ އެވެ. މި ފިލްމަކީ އިއްލެ ޑައިރެކްޓްކޮށް މި އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ ދެވަނަ ފިލްމެވެ. ދެހާސް ނަވާރައިގެ "ބަވަތި" ގެނެސްދިން ޑައިރެކްޓަރު މި އަހަރު ގެނެސްދިން ފުރަތަމަ ފިލްމަކީ އޮގަސްޓްގައި އޮލިމްޕަހުގައި ޕްރީމިއާކުރި ކްރައިމް ތުރިލާ "ނީނާ" އެވެ.
އިއްލެ މިހާރު އަންނަނީ "ކަންބަޅި" ކިޔާ ބިރުވެރި ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.
މިރޭ "ފްރީ ޑެލިވަރީ" ޕްރީމިއާކުރާ އިރު، އެންމެ ފަހުން އޮލިމްޕަހުގައި ދެއްކި މިދިޔަ މަހުގެ 5 ގައި ޕްރީމިއާކުރި "ކަޅަކި" އެވެ. މިއީ ކުރީގެ ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް، ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކުރި އެއްޗެކެވެ. މި އަހަރު އޮލިމްޕަށް ގެނައި އިތުރު ފިލްމުތަކުގެ ތެރޭގައި ޔޫއްޕެގެ "ޖޯކަރު" އާއި އަލީ ސީޒަންގެ "ކައުޝި" އާއި ލޯބިވެވިއްޖެ"، ވިޝާލް ޒަކީގެ "ވަނާޖުބޭސާ" އަދި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ބީވީމާ" ހިމެނެ އެވެ.
އަންނަ މަހުގެ 4 ގައި ޑާކް ރެއިންގެ "ނޮވެމްބާ" އޮލިމްޕަހަށް ގެންނަން ހަމަޖެހިފައިވެ އެވެ.