ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި ޑޮކްޓަރުން ނެތިގެން ރައްޔިތުނަށް އެކަށީގެންވާ ސިއްހީ ފަރުވާ ލިބެމުން ނުދާތީ އައްޑޫ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.
މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އެޗްއާރްއެޗްގެ ހާލަތު މީގެ ކުރިން ނުދާހާ ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި އެކަމުގެ ޝަކުވާތައް ކައުންސިލާ ހަމައަަަށް ވެސް ވަރަށް ބޮޑަށް އަންނަ ކަމަށް މޭޔަރު ވިދާޅުވި އެވެ.
"ރައްޔިތުންނަށް މިއަދު މި ވަނީ ހިތަދޫ ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާއެެއް ނުލިބޭ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައި. މިކަމުގެ ޝަކުވާތައް އާންމުން ވެސް ކައުންސިލަށް ވަރަށް ގިނައިން އެބަ ހުށަހަޅާ. އެތަނުގައި ޑޮކްޓަރުން ނެތުމުގެ ޝަކުވާތަކާ އެކު މިވަގުތު ހުރި އަންހެނުންގެ ޑޮކްޓަރާ ގުޅޭ ގޮތުން ވެސް ގިނަ ޝަކުވާތަކެއް އެބަ ލިބޭ،" ސޯބެ ވިދާޅުވި އެވެ. "މިކަމާ ބެހޭ ގޮތުން ހެލްތު މިނިސްޓަރާ ގުޅައިގެން ވެސް މިކަމަށް ހައްލެއް ހޯދޭތޯ ކުރާ މަަސައްކަތް ވެސް އަދި ކާމިޔާބްވާ ގޮތެއް ނުވޭ. ފޯނުން މިނިސްޓަރާ ގުޅުމަށް ވެސް މަސަައްކަތް ކުރެވިއްޖެ. އެކަމަކު އަދި ދިމާވާ ގޮތެެއް ނުވޭ."
މި މައްސަލަ އާ ބެހޭ ގޮތުން ކައުންސިލާއި އެޗްއާރްއެޗް ހޯމަ ދުވަހު ބައްދަލުކޮށް މަޝްވަރާ ކުރުމަށް ވެސް މިހާރު ވަނީ ހަމަޖެހިފަ އެވެ.
އައްޑޫގައި ސަރުކާރުން ހިންގާ ހޮސްޕިޓަލުގައި ކަށީގެ ޑޮކްޓަރެއް ނެތުމުގެ އިތުރަށް ސާޖަނަކާއި އަދި އެ ނޫން ދާއިރާތަކުގެ ޑޮކްޓަރުން ވެސް ނެތިގެން އެކަށީގެންވާ ފަރުވާއެއް ނުލިބޭތީ އާންމުންގެ ކަންބޮޑުވުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފަ އެވެ.
އަދި ކިތަންމެ ކުޑަ ކަމެެއް ދިމާވެގެން ހޮސްޕިޓަލަށް ދިއުމުން ވެސް މާލެ ދާން ރެކޮމެންޑް ކުރާތީ އާންމުން ތިބީ ބޮޑު ހާސްކަމެއްގ ތެރޭގަ އެވެ.