ފަލަސްތީން މި ވަގުތު އޮތް ހިތްދަތި ހާލަތާ މެދު ދިވެހިންގެ ހިތުގެ ފުން ޝުއޫރުތަކާ އެކީ "ހުއްޓިފާ" ގެ ނަމުގައި ލަވައެއް ގެނެސް ދީފި އެވެ.
ފަލަސްތީނާ އެކީ ދިވެހިން ތިބިކަން ހާމަކޮށްދޭން ގެނެސްދިން މި އަސަރު ގަދަ ލަވަ އަކީ ބައިސްކޯފުގެ އުފެއްދުމެކެވެ. ފަލަސްތީނުގެ ހާލަތު ދައްކުވައިދޭ މަންޒަރުތަކާ ވެސް އެކީ ގެނެސްދިން ލަވައިގައި ރާއްޖޭގެ ގިނަ ފަންނާނުންތަކެއް ހިއްސާވެފައިވެ އެވެ.
އޭގެ ތެރޭގައި ހައިޝަމް މުހައްމަދު ރާޝިދު، އަންދަލާ ހަލީމް (އަންޔާ)، އައިޝަތު އިނާޔާ، އިންޝާ އަހުމަދު، އަބްދުލް ރަޝީދު އަލީ (އަބްސީ)، ހައްވާ އަޝްރާ، އަހުމަދު ތާލިބު، މުހައްމަދު ޔާނީ މުއާދު، އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ)، މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ)، ރާފިޔަތު ރަމީޒާ، މުސާ އަލި މަނިކު (ކޭޖޭ)، އަލީ ނާއިލް، މުހައްމަދު ނަވީޒް ސަލީމް (އަކޫ)، އައިޝަތު އަޒަލް އަލީ ޒާހިރު، ވިޝާލް (ވިއްޓެ)، ޚަދީޖާ މުޙައްމަދު (ރިޒޫ) އަދި ހަސަން މުހައްމަދު (މޭނާ ހަސަން) ހިމެނެ އެވެ.
ނާފިލް އަފީފު ކޮމްޕޯޒްކޮށްފައިވާ ލަވައިގެ ޅެން ހަމްބަލް ބަކަރިން ހެދި އިރު، "ހުއްޓިފާ" ލަޗަ ޑައިރެކްޓްކުރީ ނާއިޝާ ނާޝިދެވެ.